މިލަންދޫ
ދާއިރާ: 02 ޕޯސްޓް ކޯޑު: 004020
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަކީ ގުދުރަތީ ގޮތުންނާއި ސަގާފީ ގޮތުންނާއި އާދަކާދައިގެ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. ރަށުގެ މީހުންނަކީ ސަމާސާ މިޒާޖެއްގެ އެކުވެރި ހީވާގި މަސައްކަތްތެރި ބައެކެވެ.
ތިލަދުންމަތީގައި މީހުން އާބާދުވެ ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެއެވެ. ރަށުގެ ބޮޑުމިނުގައި 247 ހެކްޓަރު ހުރެއެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ. މުޅި ރާއްޖެއިން ތިންވަނައަށް އެންމެ އާބާދީ ބޮޑީ ވެސް ކުޅުދުއްފުށީގައެވެ. ރަށުގެ ރައްވެހިންގެ ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައިމަހުގެ ނިއަލަށް 10857 (ދިހަހާސް އަށްސަތޭކަ ފަންސާސް ހަތެއް) މީހުން އެބަތިއްބެވެ. ގިނަ ޚިދުމަތްތަކެއް ރަށުން ލިބެން ހުރުމާއިއެކު އަތޮޅުތެރޭގެ ރަށްރަށުންނާއި އަދި އެހެނިހެން ހިސާބުތަކުން މި ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއިއެކު ކުޅުދުއްފުށީގައި ތޭރަހާހެއްހާ މީހުން މިހާރު ވެސް ދިރިއުޅެމުން ގެންދެއެވެ.